logo

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރަން ބިލް ހުށައަޅައިފި!

profile

ރިޟްވާން މޫސާ - 09 ނޮވެމްބަރު 2026 - 13:00

ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ އޭނާ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހައްނާން މުހައްމަދު ރަޝީދެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އަންނަ ހޯމަ ދުވަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލަކީ ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއެކު އެ މީހަކަށް އެ އިއްވި ހުކުމެއް ތަންފީޒުކުރުމަށްޓަކައި އެކުލަވާނެ ނުވަތަ ހަމަޖެހިފައިވާ އުސޫލު ބަޔާންކުރުމެވެ.

މީހެއްގެ މައްޗަށް މަރުގެ އަދަބު އައިސްފިނަމަ މި ބިލުގައިވާ ގޮތުން އެ އަދަބެއް އެ މީހެއްގެ މައްޗަށް ތަމްފީޒު ކުރުމުގައި 7 މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އޮވެ އެވެ.

އެގޮތުން އެ ކޮމިޓީގައި ހިމެނޭނީ ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރަކާއި، ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރެއް، ޕްރޮސެކިއުޓަރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، ޑޮކްޓަރެއް، ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެެއްގެ އިތުރުން ދީނީ ތަގްރީރު ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެކެވެ.

މަރުގެ އަދަބު ކަނޑައެޅޭ ކުއްވެރިޔާގެ މައްޗަށް އަދަބު ތަންފީޒު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަނީ ހަމަ އެކަނި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.

ކުއްވެރިޔާ މަރާލެވޭނެ ގޮތެއް ކަމުގައި ކަނޑައަޅާފައިވަނީ ދަން ޖައްސައިގެންނެވެ. ދަންޖައްސައިގެން މަރުގެ އަދަބު ދެނީ ކުއްވެރިޔާގެ ކަރުގައި މަޅިއެއް އަޅުވައި ބާރު ކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތް ހެދައި، ދަންޖައްސައިގެން ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން މަރުގެ އަދަބު ދޭއިރު ހާޒިރުވުމުގެ ހައްގު އޮންނަ ފަރާތްތަކާއި، މައްޔިތާގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރުމާއި އެކަމުގައި އަމަލުކުރަންޖެހޭނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައި ބިލު ހުށަހެޅި މަގްސަދެއް ކަމުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތް ކުރެވިގެން، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފް ކުރުމެވެ.

އެގޮތުން މަރުގެ އަދަބު ކަނޑައެޅުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމާއި، މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމްތަކާއި، މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކުގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާ ސަބަބުތައް ބަޔާން ކޮށް އެނޫން ވެސް މަރުގެ އަދަބު ކަނޑައެޅުމާއި، އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރުން ހިމެނެ އެވެ.

މި ސަރުކާރުން އިސްލާމީ ޝަރީއަތާއި އެއްގޮތަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު މި ސަރުކާރުން މަރުގެ ހުކުމް ފަދަ ބޮޑެތި މައްސަލަތަކުގައި ހުކުމް އިއްވަމުންދަނީ އިންސާފުން ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ މި ސަރުކާރުގެ ހުކުމްތަކަށް ފާޑުކިޔަމުންނެވެ.

https://wamco.com.mv/
tel:+9607331319