logo

އަމިއްލަ އުފެއްދުންތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދައިދޭނަން: މިނިސްޓަރ ސައީދު

profile

އާމިނަތު ޝަފާ - 02 އޯގަސްޓު 2024 - 18:10

މިނިސްޓަރ ސައީދު މުލަ މޯލްޑިވްސްގެ ވެރިންނާ ބައްދަލުކުރައްވަނީ

މިނިސްޓަރ ސައީދު މުލަ މޯލްޑިވްސްގެ ވެރިންނާ ބައްދަލުކުރައްވަނީ

ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ.

ވަޒީރު މިފަދަ ޔަގީންކަމެއް ދެއްވީ މުލަ މޯލްޑިވްސްގެ ވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރަމުން ގެންދާނެ ކަމަށެވެ.

އަދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ފްރީޓްރޭޑް އެގްރީމެންޓްތައް ތަންފީޒުކުރަން ފެށުމުން، ދިވެހި އުފެއްދުންތައް ބޭރު ޤައުމުތަކުގެ ބާޒާރުތަކުގައި ވިއްކުމަށް ފަސޭހަވެ، ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ބާޒާރުތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް އެ ޤައުމުތަކުގެ ބަހުން ޕްރޮޑަކްޓް ލޭބަލިންގ ތައްޔާރުކުރުމަކީ ވިއްކުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ ބްރޭންޑްތައް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ވޮޝިންގޓަނަށް ކުރެއްވި ދަތުރުގައިވެސް މިކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވެ ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ކޮޕީރައިޓް، ޕޭޓެންޓް އަދި އެހެނިހެން އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ޤާނޫނުތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ ބޭނުމަކީ ދިވެހި އުފެއްދުންތައް ހިމާޔަތްކޮށް، ބައިނަލްއަޤްވާމީ ބާޒާރަށް ނެރޭއިރު ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިކަމަށައި އަދި ތަކެތި އޮންލައިންކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319