logo

އުނގެނުމާއި އުނގަންނައި ދިނުމަކީ ކުރިމަގާއި ގުޅިފައިވާ އަސާސެއް: ނައިބު ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 05 އޮކްޓޯބަރު 2024 - 21:16

ނައިބު ރައީސް

ނައިބު ރައީސް

އުނގެނުމާއި އުނގަންނައިދިނުމަކީ ކުރިމަގާއި ގުޅިފައިވާ އެންމެ މުހިއްމު އެއް އަސާސް ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހާއި ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ދުވަހާ ގުޅުވައި ނައިބު ރައީސް ވިދާޅުވީ އިލްމާއި ހިލްމު ހުރި ހަރުދަނާ ގާބިލް ޖީލުތަކެއް ބިނާ ކުރުމަށް މުދައްރިސުން ކުރަމުންދަނީ އަގު ނުކުރެވޭ ފަދަ މުހިންމު ހިދުމަތެއް ކަމަށެވެ.

ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. މި ދުވަހަކީ މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަހާއި ގުޅުވައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިންސާނިއްޔަތާއި، އަހުލާގާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ދަރީންނަކީ ދިވެހި ގައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުގާއި ގާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދަން ޖެހޭ ކަމަށެވެ. މިކަން ފާހަގަކުރައްވަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ މުދައްރިސުންގެ އެއްބާރުލުމަށެވެ.


https://wamco.com.mv/
tel:+9607331319