logo

ޑްރަގް ގެންގުޅޭކަމަށް ތުހުމަތުކުރެވި މަގުމަތިން ދެމީހަކު އަތުލައިގެންފި

profile

ޝުރުފާ މުހަންމަދު - 19 އޯގަސްޓު 2024 - 19:10

މަސްތުވާތަކެތީގެ މައްސަލާގައި މާލެއިން ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލާގައި މާލެއިން ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މަގުމަތިން ދިޔަ ދެމީހަކު ބަލައި ފާސްކޮށް ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރީ ގއ. މަމެންދޫ ނަޒީހު ޝަރީފާއި، ފުވައްމުލައް ސިޓީ މުހުސިން މުހަންމަދު ކަމަށެވެ.

މި ދެމީހުން ހައްޔަރު ކުރިއިރު ދެމީހުންގެ އަތުން ވެސް މަސްތުވަތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެތަކެތީގެ ބަރުދަނުގައި 69ގ ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މާލޭގެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުުމަތުކުރެވިގެން ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ދެމީހުންގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

tel:+9607331319