
ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު ފަޟީލް
މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅުމަށް ތާއީދެއް ނުކުރަން: ފަޒީލް

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 05:57
މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅުމަށް ތާއީދު ނުކުރައްވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު ފަޟީލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ފަޒީލް ވިދާޅުވީ ރާއްޖޭގައި ކުރާ ގިނަ ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީން ވަދެ ހިސޯރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު މަސްވެރިކަމަށް ބިދޭސީން ގެނައުމަށް ކޯޓާ ދޭން ފެންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ކުރަން ބޭނުން ނުވާ ކަމަށް މެމްބަރު ފަޒީލް ވިދާޅުވިއެވެ.
ވަޒީފާ އާއި ބެހޭ ގޮތުން ގެނެވުނު އިސްލާޙުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީ އަށް ވެރިކަން ލިބި ވޯޓްގެ ނަތީޖާ އިއުލާން ކުރި ހިސާބުން ރަށްރަށުގެ ފެނަކައިގެ އިންޖީނުގެތަކުގައި ތިބި ސްޓޭޝަން މެނޭޖަރުންނަށް ގުޅާފައި ވަޒީފާ ދޫކޮށްދާން އެންގި ކަމަށާއި ކޯޓްތަކުގައި ތިބި ފަނޑިޔާރުން ވަޒީފާއިން ވަކި ކުރި ކަމަށް މެމްބަރު ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅުނު ވަޒީފާ އާއި ބެހޭ އިސްލާހަށް އެމްޑީޕީގެ މެމްބަރުން އިހްލާސްތެރިކަމާއެކު ވާހަކަ ދައްކާނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަންހެން ބޭފުޅުން ގެ ބްރޭކް ގަޑި 30 މިނެޓްގެ ވަގުތު ކުޑަކަމަށް ގަބޫލުކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ސަބަބެއް ގޮތުގައި މެމްބަރު ވިދާޅުވީ މާލޭގައި ވަޒީފާއަދާކުރާ ފަރާތަކުން ބްރޭކް ގަޑީގައި ހުޅުމާލެއަށް ދާން ޖެހިއްޖެނަމަ ހުޅުމާލެ ގޮސްފައި އަންނަން އަދި ދަރިފުޅު ބަލަން 30 މިނެޓްގެ ވަގުތުކޮޅު ތަންކޮޅެއް ކުޑަ ކަމަށް ފަޒީލް ވިދާޅުވިއެވެ. އެހެންކަމުން 30 މިނެޓް 1 ގަޑިއިރަށް ކޮމިޓީމަރުހަލާގައި ބަަދަލުކޮށްދިނުމަށް ފަޒީލް ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީގައި އެމްޑީޕީގެ ކެމްޕޭން އިފްތިތާހްކޮށްފި
29 މިނިޓު ކުރިން

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަލުން ހުޅުވާލައިފި
ގަޑިއިރެއް ކުރިން

39 ވަކީލުން ހުވާކޮށް ޤާނޫނީ ދާއިރާއާއި އަލަށްގުޅިއްޖެ
ގަޑިއިރެއް ކުރިން

ކައުންސިލްތަަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން: ރައީސް ސޯލިހް
ގަޑިއިރެއް ކުރިން


.gif&w=3840&q=75)