
ދޮން ދަރިޔާ ބެހިގެން 15 އަހަރަށް ޖަލަށްލީ މައްސަލަ އަށް ހައިކޯޓުންވެސް ތާއީދު

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 14:55
އުމުރުން އެންމެ 12 އަހަރުގެ ދޮންދަރިޔަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަށް ހައިކޯޓުންވެސް ތައީދު ކޮށްފިއެވެ.
މި މައްސަލައަށް ހައިކޯޓުން ތާއީދުކޮށް ހުކުމް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ.
2018 ވަނަ އަހަރުގެ މި ހާދިސާގައި ދޮންބައްޕަގެ މައްޗަށް ދަށު ކޯޓުން އޮތީ 15 އަހަރުގެ ހުކުމެއް އިއްވައިފައެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވެސް މައްސަލައިގައި ހުކުމް އިއްވާފައިވާ ދޮންބައްޕަގެ ފަރާތުންނެވެ.
ހައިކޯޓުގައި މި މައްސަލަ ބެލީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އަބްދުލްމާނިއު ހުސައިން އަދި އަބްދުﷲ ޖަމީލް މޫސާއެވެ.
މި މައްސަލައަކީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުން އެ ކޯޓުގެ ރަސްމީ ވެބްސައިޓުގައިވެސް ވަނީ ޝާއިއު ކޮށްފަ އެވެ.
މި މަހުގެ 12 ވަނަ ދުވަހު ވަނީ ހދ.ކުޅުދުއްފުށިންވެސް 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ. މި މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ މުއައްސަސާއަށް ނަވީންކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި
6 ގަޑިއިރު ކުރިން

ޓްރަމްޕުގެ އިގްތިސާދީ ސިޔާސަތުތައް ހާމަކޮށްފި
9 ގަޑިއިރު ކުރިން

އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެމެރިކާގެ ސިޔާސަތައް ފާޑުކިޔައިފި
10 ގަޑިއިރު ކުރިން

"ޕީއެންސީ ދޮރުން ދޮރަށް" މާފަންނު މެދު ދާއިރާގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)