
އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިކް ހަކަބީ
އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެމެރިކާގެ ސިޔާސަތައް ފާޑުކިޔައިފި

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 14:58
އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ އެމެރިކާގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.
މައިކް ހަކަބީ އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ، ޓަކަރ ކާލްސަންއަށް މި ފަހުން ދެއްވި ބަސްދީގަތުމެއްގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާއިން އަމިއްލަ ޤައުމުގެ މަސްލަހަތަށްވުރެ ޔަހޫދީންގެ މަަސްލަހަތު އިސްކުރާ ކަމުގެ ހެކި އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށްވެސް ބަސްތީގަތުމުގައި ވަނީ ބުނެފަ އެވެ.
ކާލްސަން ވަނީ އެމެރިކާގެ މަސްލަހަތުގެ ކުރިއަށް ޔަހޫދީންގެ މަސްލަހަތު އިސްކޮށް، އަދި އެ ގޮތަށް ޢަމަލުކުރުމުން އަމިއްލަ ޤައުމަށް ގެއްލުންވުން އެކަށީގެން ވިޔަސް، ޔަހޫދީންނަށް ސަމާލުކަން ދެނީތޯ ސުވާލު އުފައްދައިފައެވެ.
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭގޮތުން ވެސް އޭނާ ވާަހަކަ ދައްކަވާދައި ވަނީ އެ ބިންތަކަށް ޔަހޫދީން ދީފައިވާ ޤަދީމީ ނަންތައް ބޭނުންކޮށްގެންނެވެ. އެމެރިކާ ސަރުކާރާއި ޔަހޫދީ ސަރުކާރާ ދެމެދު އޮންނަ ގުޅުން ވެސް އޭނާ ވަރަށް ބޮޑަށް ދިފާޢުކުރައްވާފައިވެއެވެ.
ޔަހޫދީން އަނިޔާވެރިކަމާއެކު ޝަހީދުކުރަމުންދާ ޣައްޒާގެ ކުށެއްނެތް ޢާންމުންގެ ޢަދަދު އޭނާ ފާހަގަކޮށްފައިވެއެވެ. އަދި އިތުރު އެހެން ސިޔާސަތުތަކާ ގުޅޭ ސުވާލުތައް ވެސް ކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އީރާނާ އާއި އެމެރިކާއިން ހަމަލާ ހުއްޓާލައިގެން ތިބެން އެއްބަސްވި މުއްދަތު ޓްރަމްޕް އިތުރުކޮށްފި
9 ގަޑިއިރު ކުރިން

މޮރޮކޯގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި
9 ގަޑިއިރު ކުރިން

އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ހުޅުވާލައިފި
10 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހައި ހިސާބަކުން ވެސް މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ
ދުވަހެއް ކުރިން


.gif&w=3840&q=75)