
މޮރޮކޯގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި

އައިމިނަތު ޒައިބާ - 22 އޭޕްރީލު 2026 - 05:13
މި އަހަރު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާކަމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިޢުލާންކޮށްފިއެވެ.
2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ދަޢުވަތު ލިބިފައިވަނީ މައިގަނޑު ދެ ކެޓެގަރީއަކުންނެވެ. ކޮންމެ ކެޓެގަރީއަކުންވެސް ރާއްޖޭގެ ފަރާތުން ބައިވެރިކުރާނީ އެކަކެވެ.
މި މުބާރާތުގައި ހިމެނޭ ދެ ކެޓެގަރީ:
- ކެޓަގަރީ 1: މުޅި ގުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ގުރްއާނުގެ 9ވަނަ ފޮތާއި 10ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި
- ކެޓެގަރީ 2: ވިދިވިދިގެން ގުރްއާނުގެ ފަސް ހިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތަކީ ދެ ޖިންސުގެ ބައިވެރިންނަށްވެސް ފުރުޞަތު އޮތް މުބާރާތެކެވެ. މުބާރާތަށް ބައިވެރިން ހޮވުމުގައި، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ މަރުކަޒުން އިމްތިހާނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މުބާރާތަށް ހޮވޭ ބައިވެރިޔަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ނުވަތަ އަންހެން ބައިވެރިއެއް ނަމަ، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްނަމަ، އެ ބައިވެރިޔަކާއެކު އެއް ބެލެނިވެރިއަކު ދިއުމުގެ އިންތިޒާމް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ހުޅުވާލައިފި
6 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހައި ހިސާބަކުން ވެސް މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ
ދުވަހެއް ކުރިން

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!
ދުވަހެއް ކުރިން

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)