
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!

ރިޟްވާން މޫސާ - 21 އޭޕްރީލު 2026 - 08:03
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ
ހިންގުމުގެ ފައިދާގެ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމ ކުއާޓާގައި ބީއެމްއެލް އަށް ލިބިފައި ވަނީ 698 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން 2026 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2025 ވަނަ އަހަރާއި އަޅައި ބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.
2926 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އާންމުދަނީގެ ގޮތުގައި ބީއެމްއެލް އަށް ވަނީ 1.24 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކޮސްޓް-ޓް އިންކަމް ރޭޝިއޯ ވަނީ 24 އިންސައްތަ އަށް ދަށްކުރެވިފަ އެވެ. މިއަދަދު 2025 ވަނަ އަހަރު ހުރީ 25 އިންސައްތައިގައިކަން ފާހަގަ ކޮށްލެވެ އެވެ.
ބީއެމްއެލްގެ ޖުމްލަ އެސެޓުގެ ގޮތުގައި 60.6 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ބޭންކުން ވަނީ ހާމަކޮށްފަ އެވެ. އަދި މިއީ ބޭންކް އޮފް މޯލްޑިވްސް ގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާ އަށް އެސެޓް ހުރި މިންވަރު އެރި ފަހަރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބީއެމްއެލްގެ ޖުމްލަ ޑިޕޮސިޓަކީ 40.7 ބިލިއަން ރުފިޔާ އެވެ. މިއަދަދުގެ 50 އިންސައްތަ އަކީ ޑޮލަރު ކަން ބޭންކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ބީއެމްއެލް އިން ވަނީ މިއަހަރު އަލަށް ދޫކުރި ލޯނާއި ފައިނޭންސިންގ މިންވަރު 5 ބިލިއަނަށްވުރެ އިތުރުވެފައިވާ ކަން ވެސް ފާހަގަ ކޮށްފަ އެވެ. މިއީ ނިމިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ 50 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
2 ގަޑިއިރު ކުރިން

ސިފައިންނަކީ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ގައުމުގެ ލަޝްކަރު: ރައީސް
4 ގަޑިއިރު ކުރިން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަމްޖަދު އިސްތިއުފާދީފި
4 ގަޑިއިރު ކުރިން

ކުޑަކުދިންނަށް ޖިންސީ މަންޒަރާއި ފޮޓޯ ދެއްކި މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)