
ސިފައިންނަކީ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ގައުމުގެ ލަޝްކަރު: ރައީސް

ރިޟްވާން މޫސާ - 21 އޭޕްރީލު 2026 - 05:27
ދިވެހި ސިފައިންނަކީ ދިވެހި ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ބިޔަ ބޮޑު ލަޝްކަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ ޙިދުމަތުގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝޯސަލް މީޑިޔާގައި ހިއްސާ ކުރެއްވެވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ތިބޭ ފަޙުރުވެރި ބައެއް ކަމަށާއި، އެއީ ގައުމުގެ ރުކުރުވާލެވިފައިވާ ބިޔަ ބޮޑު ލަޝްކަރު ކަމަށެވެ.
ރައީސްގެ މެސެޖުގައި ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށް ބަޔާންކުރައްވާފައިވެ އެވެ.
ރައީސް ވަނީ ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ދުވަހުއެވެ. މިއާއެކު ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.
ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. އެގޮތުން، މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!
2 ގަޑިއިރު ކުރިން

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
2 ގަޑިއިރު ކުރިން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަމްޖަދު އިސްތިއުފާދީފި
5 ގަޑިއިރު ކުރިން

ކުޑަކުދިންނަށް ޖިންސީ މަންޒަރާއި ފޮޓޯ ދެއްކި މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)