logo
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް

ޓްރަމްޕުގެ އިގްތިސާދީ ސިޔާސަތުތައް ހާމަކޮށްފި

profile

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 15:31

އެމެރިކާގެ ރައީސް އެމަނިކުފާނުގެ އިގްތިސާދީ ތަސައްވަރު ގައުމުގެ ރައްޔިތުންނަށް ހާމަކޮށްދެއްވައިފި އެވެ

https://wamco.com.mv/

ރައީސް ޓްރަމްޕްގެ އިގްތިސާދީ ތަސައްވަރު ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމެރިކާ އަށް އިގްތިސާދީ ގޮތުން ރަން ޒަމާނެއް ގެނެސްދެއްވާފައިވާ ކަމަށެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ޓްރަމްޕްގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ފާހަގަކޮށްފައި ވަނީ މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މިޑް-ޓަރމް އިންތިޚާބު، ނުވަތަ ކޮންގްރެސްގެ އިންތިޚާބުގެ ކުރިން އޭނާގެ ރިޕަބްލިކަން ޕާޓީއަށް ތާޢީދު ހޯއްދަވައިދެއްވުމަށެވެ.

އިންތިޚާބު ގާތްވަމުންދާ މި ދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ޓްރަމްޕަށް އޮތް ތާޢީދު ދަނީ ފަނޑުވަމުންނެވެ. އަދި، އެމެރިކާގެ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

ޓްރަމްޕްގެ ރިޔާސާ ބަޔާނުގައި އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު ތިރި ކުރެވިފައިވާ ކަމަށާއި، ހިއްސާގެ ބާޒާރު ކުރިއަރުވައި، ޓެކުސްތައް ކުޑަކޮށް، ބޭހުގެ އަގުތައް ތިރި ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ

ޓްރަމްޕްގެ ރިޔާސީ ބަޔާނުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑަށް އަލިއަޅުއްވައިލައްވާފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދިޔަ އަށް ހަނގުރާމައެއް ނިމުމަކަށް ގެންނަވާފައިވާ ކަމުގައި ވިދާޅުވެ، އޭނާ ވަނީ ދަޢުވާ ކުރައްވާފައެވެ.

ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 435 ގޮނޑިއާއި ސެނެޓުގެ ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ.

މި ވަގުތު ކޮންގްރެސްގެ ދެ ގޭގެ ބާރު ވެސް އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަތްދަށުގައެވެ. ޑިމޮކްރެޓިކް ޕާޓީން އުންމީދު ކުރަނީ މި އިންތިޚާބުގައި ކޮންގްރެސްގެ ދެ ގޭގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީގެ އަތުން އަތުލުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk