logo

ދެ އިންތިހާބު އެއްކޮލާ މައްސަލަ ހިފައިގެން އެމްޑީޕީން ހައިކޯޓަށް

profile

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 14:55

ދެ އިންތިހާބު އެއް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަގުތީ ގޮތުން ހުއްޓުވައި ދެއްވުމަށް އެދި އެމްޑީޕީން ހައިކޯޓަށް ހުށައަޅައިފި އެވެ.

https://wamco.com.mv/

އެމްްޑީޕީން ވަނީ މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެވެ.

އެ ޕާޓީން އެދިފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުން ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސްގެ ގަރާރާ އެކު ހިމަނާފައިނުވާތީ އަދި އޭގެ ފަހުން ވެސް އެކަންކަން ތަފްސީލުކޮށްފައިނުވާތީ، ކެމްޕެއިން ކުރަން ލިބިފައިވާ ހައްގު ހަނިވާ ކަމަށެވެ.

ވަގުތީ އަމުރު ނުނެރެ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ދައުވާކުރާ ފަރާތަށް ސިޔާސީގޮތުން ބޮޑު ގެއްލުމެއް ލިބި އަދި ގަރާރު ބާތިލްކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ މައްސަލައިގެ ވޯޓާގުޅޭ ކެމްޕެއިނަށް ކުރާ ހަދަދުތަކުގެ ސަބަބުން އިއާދަނުކުރެވޭ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށްވެސް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ވަނީ ޙަރަދުކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk