
ފީއަލީ ބަނދަރުގައި އޮތް ދޯނީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 07:34
ފ. ފީއަލީ ބަނދަރުގައި އޮތް ދޯނީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފާއި ފުލުހުން ބުނީ ފ ފީއަލީ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަަމަށެވެ.
ފީއަލީ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އަޅާފައިހުރި ދޯނިތަކުގައި ރޯވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު އަލިފާން ރޯވި ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީފާއި ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގެ އެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި
2 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
4 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
5 ގަޑިއިރު ކުރިން

ސީލައިފް އަންމަޓީގެ މައްޗަށް ކުށް ސާބިތެއްނުވި! ޕީޖީ އިން މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)