
ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:32
މި އަހަރުގެ މިހާތަަނަށް ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 23 ވޭދަނަ މާލޭ ސަރަހައްދުން ފެނި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިހާތަނަށް 7،100 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.
ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަދި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެސް ވެކްސިން ހިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި
13 ގަޑިއިރު ކުރިން

ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
13 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
13 ގަޑިއިރު ކުރިން


