
ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 439 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ

މުޙައްމަދު ފަޟްލޫން - 24 ޖުލައި 2026 - 10:31
މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު 439 މިލިއަން ރުފިޔާއަށް އަރާފައިވާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީ އިން އާއްމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއީ މިއަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 374 މިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އޭރު ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ ޖުމްލަ 400 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭޝް ގްރާންޓްގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މި އަހަރުގެ މިހާތަނަށް ލިބުނު އެހީގެ މިންވަރު ވަނީ މިދިޔަ އަހަރުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެފައެވެ.
މި އަހަރުގެ ހިލޭ އެހީގެ މިންވަރު އިތުރުވި ނަމަވެސް، މެދުރާސްތާގައި ރާއްޖެއަށް ލިބޭ ހިލޭ އެހީ ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެއެވެ.
އެގޮތުން ކުރިއަށް އޮތް ދެ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ތަރަށްގީކުރި އައު ސަރަހައްދު ހުޅުވާލައިފި
6 ގަޑިއިރު ކުރިން

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީ ފަސް މީހަކު މަރާލައިފި
6 ގަޑިއިރު ކުރިން

އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން: ރައީސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)