logo

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

profile

މުޙައްމަދު ފަޟްލޫން - 24 ޖުލައި 2026 - 14:06

ރަޝިޔާއިން ޔޫކްރެއިންގެ ސްލޮވިއާންސްކް ސިޓީއަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ފަސް މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

https://wamco.com.mv/

އަލްޖަޒީރާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާގެ މި ހަމަލާތަކުގައި ފަސް މީހަކު ފުރާނަ ގޮސްފައިވާއިރު، ނުވަ މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

ރަޝިޔާއިން ގެންދަނީ ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ނިމިދިޔަ މަހުގެ ތެރޭގައި ވެސް ރަޝިޔާއިން ދިން ހަމަލާތަކުގައި ޖުމްލަ 10 މީހަކު މަރުވެފައިވެއެވެ.

އޭގެ ތެރޭގައި ޑިނީޕްރޯއިން މަރުވި ހަ މީހުންނާއި، ވެރިރަށް ކީވްއިން މަރުވި ހަތަރު މީހަކު ހިމެނެއެވެ.

މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގަމުންދާ އެންމެ ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު މި ހަނގުރާމައިގައި މިހާތަނަށް ރަޝިޔާގެ 1.2 މިލިއަން މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ބެލެވެއެވެ.

ޔޫކްރެއިންގެ ހަލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk