logo

ސްޕެޝަލިސްޓް ތަމްރީނަށްފަހު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އަދި ދަރުމަވަންތައާ ގުޅިއްޖެ

profile

އާމިނަތު ޝަޒްލާ - 24 ޖުލައި 2026 - 10:32

ސްޕެޝަލިސްޓް ތަމްރީނު ފުރިހަމަކުރުމަށްފަހު، މި އަހަރުގެ މިހާތަނަށް 16 ދިވެހި ޑޮކްޓަރަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގެންފިއެވެ.

https://wamco.com.mv/

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚިދުމަތާ އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ މުހިންމު ދާއިރާތަކުގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން، ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން މިހާރު ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.

ރައްޒާގު ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކެކެވެ. އެގޮތުން ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ އާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމުގެ އިތުރުން، ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއީއޯ ރައްޒާގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސްޕެޝަލިސްޓުން ޚިދުމަތަށް އިތުރުވުމަކީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހޮސްޕިޓަލަށް އަންނަ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި، ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ހުރިހާ މުވައްޒަފުންނަށް ރައްޒާގު ވަނީ އިލްތިމާސް ކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk