
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 24 ޖުލައި 2026 - 14:08
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަން، އެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53 ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ތަރަށްގީކުރި އައު ސަރަހައްދު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީ ފަސް މީހަކު މަރާލައިފި
2 ގަޑިއިރު ކުރިން

އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން: ރައީސް
2 ގަޑިއިރު ކުރިން

ސްޕެޝަލިސްޓް ތަމްރީނަށްފަހު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އަދި ދަރުމަވަންތައާ ގުޅިއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)