
އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން: ރައީސް

މުޙައްމަދު ފަޟްލޫން - 24 ޖުލައި 2026 - 13:59
ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަ ޕަލްސް ޕްރޮގްރާމްގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އެންމެ މައިގަނޑު އެއް އަމާޒަކީ ޒުވާނުން ބިނާކޮށް، އެމީހުންގެ ހުނަރުތައް ތަރައްޤީކުރުމެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބާޒާރު ނުވަތަ ކްރިއޭޓިވް އިކޮނޮމީ އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތަ އެ ދާއިރާއިން ހިއްސާކުރާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ގެންގުޅޭ ޝާމިލު ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
އެގޮތުން ޒުވާނުންނަށް އާމްދަނީ ހޯދޭނެ ތަފާތު ސްކީމްތައް ތައާރަފްކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމާއި މަތީ ތަޢުލީމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލައި، ސީދާ މަގުތަކެއް ގާއިމުކުރުމުގެ އިތުރުން ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްދާނެ ދާއިރާއެއް ކަނޑަނޭޅި ތިބި ޒުވާނުންނަށް ހާއްސަ އެހީތެރިކަމާއި ފުރުސަތުތައް ހޯދައިދިނުމާއި ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅުން ހާމަވެގެންދިޔައީ، ގައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންނަށް ދޭ އަހައްމިއްޔަތުކަމާއި، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ތަސައްވުރެވެ.
ރާއްޖޭގައި އުފެއްދުންތެރި އިގްތިސާދެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީ އެއް ހަގީގީ މާނައިގައި ބިނާކޮށް، ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އިސްތިރާޖީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުވުމުން، ޒުވާނުންނަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ތަރަށްގީކުރި އައު ސަރަހައްދު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީ ފަސް މީހަކު މަރާލައިފި
ގަޑިއިރެއް ކުރިން

ސްޕެޝަލިސްޓް ތަމްރީނަށްފަހު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އަދި ދަރުމަވަންތައާ ގުޅިއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)