logo

އެއްވެސް ރިސޯޓެއް ނުއަގުގައި ވިއްކާކަށް ނޫޅެން: އެމްޓީޑީސީ

profile

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 08:10

އެއްވެސް ރިސޯޓެއްގެ ހެޑްލީސް ވިއްކާލުމާއި ގުޅުންހުރި އެއްވެސް މުއާމަލާތެއް ކުރިއަށް ނުދާ ކަމަށް އެމްޓީޑީސީ އިން ބުނެފިއެވެ.

https://wamco.com.mv/

ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅީގެ އެއްވެސް ހައްގެއް ވިއްކުމަށް ނުވަތަ ދޫކޮށްލުމަށް ނިންމާފައި ނުވާކަމަށާއި، އެފަދަ މަޝްވަރާއެއްވެސް ކުރަމުން ނުދާކަމަށް އެމްޓީޑީސީން އިން އާއްމު ކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެމްޓީޑީސީ އިން އެކުންފުނިން ތަރައްގީ ކުރަމުންދާ އެއްވެސް ރިސޯޓެއް ވިއްކާލަން ނިންމާފައިނުވާކަން ސާފުކޮށްދިނީ މަގުއްދުވާގައި ހިންގާ އަޔާޑާ މޯލްޑިވްސް ވިއްކާލަން އުޅޭކަމަށް ފެތުރުނު ހަބަރުތަކާ ގުޅިގެންނެވެ.

އެމްޓީޑީސީން ބުނިގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ހާމަކުރަންޖެހޭ މައުލޫމާތުތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ހިއްސާދާރުންނަށް ހާމަކުރަމުންދާނެ ކަމަށެވެ.

މިހާރުވެސް އެމްޓީޑީސީގެ ދަށުން އަޔާޑާ އާއި އަނަންތާރާ ކިހާވަށް ސަބްލީޒް އުސޫލުން ހިންގަމުންދާއިރު، ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ގްލޯބަލް ރިސޯޓްސްއާއެވެ.

https://wamco.com.mv/
tel:+9607331319