logo

އެކްސިޑެންޓުތައް މަދުކުރަން ހުޅުމާލޭގައި ބަންޕަރު ހަދަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 19 އޮކްޓޯބަރު 2026 - 13:56

އެކްސިޑެންޓުތައް މަދުކުރަން ކުރާ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނުން ހުޅުމާލޭގެ ބައެއް މަގުތަކުގައި ބަންޕަރު ހެދުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަށައިފިއެވެ.

https://wamco.com.mv/

އެޗްޑީސީން މި މަސައްކަތް ފެށީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާ އެކު، ހުޅުމާލޭގައި އެކްސިޑެންޓު ގިނަ ކަމަށް އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. މި ހިނގާ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އެޗްޑީސީން ފެށި މި މަސައްކަތުގެ ތެރެއިން ސްޕީޑް ބަންޕަރުތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ވެސް އަންނަނީ ހަރުކުރަމުންނެވެ.

މީގެ ކުރިން ވެސް އެޗްޑީސީން ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހެދިއެވެ. އޭރު ވެސް މަގުމަތީ އެކްސިޑެންޓްތައް %70 އާއި 80% އާ ދެމެދަށް މަދުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް، އޭރު ހަރުކުރި ބަންޕަރުތަކުގެ ޑިޒައިންއާއި މެޓީރިއަލްއާ ގުޅޭ ގޮތުން އާންމުން ފާޅުކުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ ބަންޕަރުތައް ވަނީ ނަގާފައެވެ. އަލަށް އެޗްޑީސީން ހަދަން ފަށާފައިވާ ބަންޕަރުތަކަކީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރުގައި ހަރުކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ.

ބަންޕަރުތައް ހަރުކުރަނީ ދުއްވާ މީހުންނަށް ރައްކާތެރި ތަނަކަށް މަގުތައް ހެދުމަށެވެ. ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް މި ކޯޕަރޭޝަނުން އަންނަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.

ހުޅުމާލެއަކީ ފުޅާ އަދި ދިގު މަގުތަކެއް އޮންނަ އަވަށަކަށް ވެފައި، ވެހިކަލްތައް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް މީގެކުރިންވެސް ވަނީ ހިނގާފައެވެ. އެފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މީގެކުރިންވެސް އެޗްޑީސީން ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތަކެއް ހަރުކުރިއެވެ. އެ ފިޔަވަޅާއެކު އެ ސަރަހައްދުތަކުގައި ހިނގާ އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ އަދަދަކަށް މަދުވިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކިއެވެ. ނަމަވެސް، އޭރު ބޭނުންކުރި ބްރޭކަރުތަކުގެ ޑިޒައިނާއި މެޓީރިއަލްގެ ސަބަބުން ދުއްވާ އެއްޗެއްސަށް ގެއްލުންވާކަމަށް ބުނެ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ފެންމަތިވުމާ ގުޅިގެން، ފަހުން އެ ތަކެތި ނަގަން ޖެހުނެވެ.

އޭގެ ފަހުން އަނެއްކާވެސް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެޗްޑީސީން މިވަނީ ކުރީގެ ތަޖުރިބާއަށް ބަލައި އާންމުންނަށް އުނދަގޫ ނުވާނެ ފަދަ ފެންވަރު ރަނގަޅު ތާރު ބަންޕަރުތައް އެޅުމުގެ މަސައްކަތް ފަށާފައެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319