logo

އީރާނުން ބެލިސްޓިކް މިސައިލާއި، ޑްރޯން ހަމަލާދީ އިސްރާއީލުގެ 5 ސިޓީއަކަށް ބޮޑެތި ގެއްލުންތައް ދީފި

profile

ސައިފް އަޒުހަރު - 23 ޖޫން 2025 - 08:37

އީރާނުން މިސައިލް ހަމަލާތައް އަލުން ފަށައި އިސްރާއީލަށް އަނެއްކާވެސް ބޮޑެތި ގެއްލުންތައް ދީފިއެވެ.

https://wamco.com.mv/

އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތައް އިސްރާއީލުގެ ދެކުނުގެ އަޝްދޮދަށާއި، ހިފާފައިވާ ގުދުސްގެ ހުޅަނގުން ލާކިޝް ސަރަހައްދުގެ ތަންތަނަށް އަމާޒުވެފައިވާ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

އީރާނުން މިސައިލްތައް އަމާޒުކުރީ ސީދާ ކޮން ތަންތަނަކަށް ކަމެއް އިސްރާއީލު މީޑިއާއިން ނުބުނެއެވެ. އެހެންނަމަވެސް، ހަމަލާތައް އަމާޒުވި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އާންމުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ މިސައިލް ހަމަލާތަކުގައި ލިބޭ ގެއްލުންތަކުގެ ތަފްސީލާއި، ހަމަލާތައް އަމާޒުވާ ތަންތަނަށް ލިބޭ ގެއްލުންތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް އާންމުކުރުން އިސްރާއީލު އަސްކަރިއްޔާއިން އޮންނަނީ މަނާކޮށްފައެވެ. ވީޑިއޯތައް އާންމުކުރާ މީހުން ގެންދަނީ ޖަލަށްވެސް ލަމުންނެވެ.

އީރާނުން މިއަދު ހަމަލާތައް ފަށާފައިވަނީ ތަންކޮޅެއް ލަހުންނެވެ.

އީރާނުން ދޭން ފެށި ހަމަލާތަކާ އެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހާފައި ވެއެވެ. އަދި އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތައް ގޮވާ އަޑުފަށްގަނޑު އިވިފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރެއެވެ.

މިއަދުގެ ހަމަލާތަކަށްފަހު އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހަމަލާދިނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ކަމަށާއި، ހަމަލާތައް އަމާޒުކުރީ އިސްރާއީލުގެ ސިޓީތައް ކަމަށްވާ ސަފިދު، ތެލް އަވީވް، އެޝްކެލޮން، އަޝްދޮދް އަދި ބެއިސަންއަށް ކަމަށެވެ.

ހަމަލާތައް އަމާޒުކުރީ އިސްރާއީލުގެ އެއަރ ޑިފެންސް ނިޒާމުތަކަށް ކަމަށްވެސް އައިއާރްޖީސީން ބުނެފައި ވެއެވެ. މިކަމާ ގުޅިގެން އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިސްރާއީލުން އިސްވެ، މި ޖޫންމަހުގެ 13 ވަނަ ދުވަހު އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ގެންދަނީ ކޮންމެ ދުވަހަކު އިސްރާއީލަށް ބެލިސްޓިކް މިސައިލާއި، ހަމަލާދޭ ޑްރޯން ފޮނުވައި ހަމަލާ ދެމުންނެވެ.

އީރާނުން މިހާތަނަށް އިސްރާއީލުގެ އެކި ރަށްތަކަށް 450 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ހަމަލާ ދީފައި ވެއެވެ.

މި ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ސިއްރުކުރަން އިސްރާއީލުން ގަދައަޅައި މަސައްކަތް ކުރަމުން ދިއުމާއެކުވެސް، އެކިއެކި ފަރާތްތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން އެނގޭގޮތުގައި، ތެލް އަވީވާއި، ހައިފާ މިހާރުވަނީ ވަރަށް ބޮޑަށް ސުންނާފަތި ކޮށްލާފައެވެ. ޚާއްސަކޮށް އައްސޭރިފަށުގެ ހައިފާ ސިޓީގެ ގިނަ އަވަށްތައް އެއްކޮށްވަނީ ހަލާކުކޮށްލާފައެވެ.

އީރާނު ސިފައިންގެ ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ބޭސްތަކާއި، ޖެޓްފިއުލް އުފައްދާ ތަންތަނާއި، އަސްކަރީ ރިސާޗް ސެންޓަރުތަކާއި، އަސްކަރީ ޓެކް ޕާކް، ދިފާއީ ވުޒާރާ އަދި ދާޚިލީ ވުޒާރާއަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

އީރާނުގެ ނުފޫޒުގަދަ އަސްކަރިއްޔާ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން މީގެކުރިންވަނީ، މިހާރު ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލު ސުންނާފަތި ކޮށްލާފައިނޫނީ ހުއްޓާނުލާނޭ ކަމަށެވެ.

https://wamco.com.mv/
https://www.aslu.com.mv