logo
މާޓިން ޒުބިމެންޑީ

މާޓިން ޒުބިމެންޑީ

މާޓިން ޒުބިމެންޑީ އާސެނަލްއަށް ސޮއިކޮށްފި

profile

ހަސަން ޝަމްއޫން - 08 ޖުލައި 2025 - 04:11

ސްޕެއިންގެ ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ޕްރެމިއާ ލީގުގެ އާސެނަލްއަށް ސޮއިކޮށްފިއެވެ.

https://wamco.com.mv/

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލްއިން ޒުބިމެންޑީގެ ސޮއި ހޯދީ 65 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއަކަށެވެ. އަދި މިއީ މިހާރު ކުރިއަށްދާ ޓްރާންސްފަރ މާކެޓްގައި އެޓީމުން ސޮއި ހޯދި ސްޕެއިންގެ ދެވަނަ ކުޅުންތެރިޔާ އެވެ. އެގޮތުން މީގެ ކުރިން އެޓީމުން ވަނީ ޗެލްސީގެ ކުރީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާގެ ސޮއި ހޯދާފައެވެ.

ރިއަލް ސޮސިއެޑާޑްގެ އެކަޑަމީން ފުޓްބޯޅަ ކެރިއަރު ފެށި ޒުބިމެންޑީ ވަނީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ސޮސިއެޑާޑްގެ ސީނިއާ ޓީމަށް 170 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ޒުބިމެންޑީ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިންގެ ޓީމުގައި ހިމެނި އެޓީމުން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލްއިން މިވަގުތު އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުލަބުން ވާހަކަ ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ނޯނީ މަޑުއެކޭގެ އިތުރުން ސްޕޯޓިންގެ ފޯވާޑް ވިކްޓަރ ގްޔޯކެރޭޝް ހިމެނެއެވެ.

https://wamco.com.mv/
https://www.aslu.com.mv