ސްޓްލެކޯއިން ކ ހިންމަފުށީގައި އަލަށް ޤާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ކަމިޝަންކޮށްފިއެވެ.
އެކުންފުނިން ބުނީ ކ.ހިންމަފުށީގައި އަލަށް ޤާއިމު ކުރެވުނު މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައި ކަމަށާއި މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވި، ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައްގުނައަކުން ކުޑަ ވެގެންދާނެ ކަމަށެވެ.
ކ.ހިންމަފުށީގައި އަލަށް ޤާއިމު ކުރެވުނު މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައި. މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވި،… pic.twitter.com/2TmRD35W37
— STELCO (@STELCOMALDIVES) November 27, 2024
ސްޓެލްކޯއިން ބުނީ މި ނިޒާމާއިއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ޤާއިމު ކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ އިތުރުކުރެވިފައިވާ ކަމަށެވެ.
ހިންމަފުށީގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ކުންފުންޏަކީ ސްޓެލްކޯއެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ސްޓެލްކޯއިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.