logo

މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ރިޔާސަތުން ހުށަހަޅުއްވައިފި

profile

މުޙައްމަދު ހަފީޒް - 27 ނޮވެމްބަރު 2024 - 12:30

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަށާއި ވޯޓު ގަޑީގައި އެ ކަމަށް ވޯޓަ އެހުން އޮނާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ. އެހެން ނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު މިދައުރު 15 ޑިސަމްބަރުގެ ނިޔަލަށް އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓު ގަޑީގައި އޮންނާނެ ކަމަށްށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން އަދި ފާސްނުކުރެވެއެވެ.

އަންނަ އަހަރަށް ލަާފާކޮށް ބަޖެޓަށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ހަމަމިއާއެކު، ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ރުކާރުން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއްކަމަށާއި މިއިީ ފަހުގެ ތާރާީޙެއްގައި ޑެފިސިޓް އެންމެ ކުޑަ ބަޖެޓު ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

https://wamco.com.mv/
tel:+9607331319