logo

ޝަހުސު އޮޅުވައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

profile

އާމިނަތު ޝަފާ - 27 ސެޕްޓެމްބަރު 2024 - 17:25

އިިގްރޭޝަނުން ހައްޔަރުކުރި ބިދޭސީން

އިިގްރޭޝަނުން ހައްޔަރުކުރި ބިދޭސީން

ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ހުއްޓުވާފައިވަނީ 25 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށާފައިވާއިރު ބިދޭސީންނާ ގުޅޭ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 626 މައްސަލަ ހުށަހަޅާފައިވެއެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 626 ހުށައަޅާފަވާއިރު އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496 އެވެ.

މީގެ ތެރެއިން ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 105 އަށް އަރާއިރު، އެ އިދާރާއާއި ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 25 ރިޕޯޓު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއާއެކު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ފުރުވާލާފައެވެ.

ޖުލައި މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

https://wamco.com.mv/
tel:+9607331319