(1).jpg&w=3840&q=75)
ކ އެގްރޯގެ އެމްޑީ ހުސެއިން ދީދީ
އެގްރޯ ގެ އެމްޑީ މަގާމުން ވަކިކުރުމާއެކު ނޭނގޭ އެތައް ސިއްރުތަކެއް!

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 19:05
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ މިއަދު އެ މަގާމުން ވަކިކުރުމާއެކު ނޭނގޭ އެތަކެއް ސިއްރުތަކެއް ފަޅާ އަރައިފި އެވެ
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކުރައްވާފައިވާ ކަމަށް ޕީސީބީގެ އެކްސް ޕޯސްޓްގައި ބުނެފައިވެ އެވެ.
ހުސެއިން ދީދީ މަގާމުން ވަކިކުރުމާއެކު ސޯޝަލް މީޑިޔާގައި އޭނަގެ މައްޗަށް ބައެއް ތުހުމަތުތައްވެސް ކުރިމަތި ވެފައި ވެ އެވެ.
އޭގެ ތެރޭގައި މަގާމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން މުއައްޒަފުން ވަކި ކުރުމާއެކު އޭނާ ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދިނުމާއި، މަގާމުގެ ބޭނުން ހިއްޕަވައިގެން އަމިއްލަ ގޮތް ނާޖާއިޒު ގޮތުގައި ހިފުން ފަދަ ނޭއްގާނީ އަމަލުތައް ހިމެނެ އެވެ.
އެގްރޯގެ ވަޒީފާ ގައި އުޅުއްވި ބައެއް ފަރާތްތަކުން މިރޭ ވަނީ "އަސްލު" އަށް މިކަންކަމުގެ ބައެއް މައުލޫމާތުވެސް ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި އެގްރޯ ދޯނީގައި އުޅުނު 5 މުއައްޒަފަކު ގަވައިދާ ޙިލާފުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެގްރޯ ދޯނީގައި އެ ކުންފުނީގެ ބައެއް މުއައްޒަފުން މަސައްކަތް ކުރަނީ
އެގްރޯ ދޯނީގެ ވަޒީފާގައި އުޅުނު ބައެއް ފަރާތްތަކުން ބުނީ 14 ނޮވެމްބަރ 2024 ވަނަ ދުވަހު ކުންފުނީގެ ދަތުރެއްގައި މުއައްޒަފުންތަކެއް ބަލައި ލ. ފޮނަދޫ އަށް ދިޔަ ކަމަށާއި، އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ މުއައްޒަފުން އެރަށުގައި ދެ މަހަށްވުރެ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ބޯފެނާއި ކާތަކެތި ހޯދުމަށް މުއައްޒަފުން ކުންފުނީގެ ފަރާތްތަކާއި ދައްކާފައިވާ ބައެއް ވާހަކަތައް: ސްކްރީންޝޮޓް
އަދި އެރަށުގައި ހުރި ދުވަސްތަކުގައި ކުންފުނީގެ ފަރާތުން އެ މުއައްޒަފުންނަށް ލިބެންޖެހޭ މުސާރަ އާޢި އިނާޔަތް ވެސް ނުދީ ނިދާނެ ތަނެއް، ފެންވަރާނެ ފަދަ ގޮތެއްވެސް ކުންފުނިން ހަމަޖައްސައި ނުދީ މަގުމަތި ކޮށްލި ކަމަށެވެ. އަދި އެފަދަ ވާހަކަތައް ކުންފުނީގެ އިސް ފަރާތްތަކާ ހިއްސާ ކުރުމުން އެ ފަސް މީހުންވެސް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެ ދަތުރުގައި ދިޔައީ ކުންފުނީގެ މުއައްޒަފުންތަކެއް ބަލައި. ދެން އެރަށަށް ( ލ. ފޮނަދޫ ) އަށް ދިޔަ ފަހުން ދޯނީގެ އިންޖީނަށް ދިމާވި ތެޔޮ ލީކުވުމުގެ މައްސަލައެއްގެ ސަބަބުން ނުފުރި ދެ މަހަށްވުރެ ގިނަ ދުވަސް އެރަށުގައިވި. ކުންފުނީގެ ފަރާތުން އެކޮމަޑޭޝަން އަށް ބުނުމުން ވިދާޅުވީ އެމްޓީސީސީގެ ޓާރމިނަލްގައި ފާޙާނާ ހުންނާނެ އޭ އެތަނުން ފެންވަރައިގެން ބާކީ ކަންކަން އަމިއްލަ އަށް ހަމަޖައްސާށޭ. މީތޯ ކުންފުނިތަކުން އަމަލުކުރަންޖެހޭ ގޮތަކީ؟." އަސަރާއެކު އަސްލު އަށް ކިޔައިދިނެވެ.
އެގްރޯގެ ޖެނެރަލް މެނޭޖަރ
އެމުއައްޒަފުން ކިޔައިދިން ގޮތުގައި ލ.ފޮނަދޫގައި އެގްރޯގެ އިމާރާތެއް ( އެކޮމަޑޭޝަން ބްލޮކެއް ) ހުރި އިރު ކުންފުނީގެ މުއައްޒަފުންތަކެއް މަގުމަތިވާންޖެހޭ ސަބަބެއް ނެތް ކަމުގައި ފާހަގަ ކުރި އެވެ.
މީގެ އިތުރުން އެގްރޯގެ އެމްޑީ ހުސެއިން ދީދީ އަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނާވެސް ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ފަރާތެއް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.
ބޯފެނާއި ކާތަކެތި ހޯދުމަށް މުއައްޒަފުން ކުންފުނީގެ ފަރާތްތަކާއި ދައްކާފައިވާ ބައެއް ވާހަކަތައް: ސްކްރީންޝޮޓް
އެގްރޯގެ ބައެއް މުއައްޒަފުން ވަނީ އެކުންފުނީގައި މަސައްކަތް ކުރައްވަމުން އަންނަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކީ ވަރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ އަޙްލާގު ރަގަޅު ބޭފުޅެއްކަން ފާހަގަކޮށް އެ ފަރާތައް ޝުކުރު އަދާކުރައްވާފަ އެވެ
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކުރިއިރު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައެވެ.
އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޙަބަރު ހުސްވެގެން ވެއްޓިފައި އޮތް މީހަކަށް ފުލުހުން އެހީތެރިވެދީފި
6 ގަޑިއިރު ކުރިން

ރައްޔިތުންގެ ސަޕޯޓު ލިބޭނީ އިންސާފުވެރިވެގެން: ޒީނާ ޒާހިރު
13 ގަޑިއިރު ކުރިން

އެމްޑީޕީން ހޯދި ކާމިޔާބާއެކު މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ!
13 ގަޑިއިރު ކުރިން
ރައީސްގެ ދެކަނބަލުން އުމުރާއަަށް ވަޑައިގަތުމަށްޓަކައި ފުރާ ވަޑައިގެންފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)