
އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ޝަހްޒާ މުޙައްމަދު - 13 މާރިޗު 2026 - 08:22
ލ.އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
އިސްދޫ-ކަލައިދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން 4.39 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. މި މަޝްރޫޢަށް 100މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.
މަގުހެދުމުގެ މަޝްރޫއުގައި ރަށުގެ މައި ބޮޑެތި މަގުތަކާއި، އާއްމު ހިދުމަތްތައް ހޯދާ އެކި އިދާރާތަކާއި މުއައްސަސާތައް ހިމެނޭ މަގުތަކުގައި ތާރު އަޅާ ތަރައްގީކުރުމަށާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ލ.ކަލައިދުއާއި ދަނބިދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތުގައި 315 މީޓަރުގެ ކޯޒްވޭއެއް ތަރައްޤީކުރެއެވެ. މިއާއެކު ދަނބިދުއާއި ކަލައިދޫ އަދި އިސްދޫ ހިމެނޭހެން 3 ރަށް ގުޅާލެވޭނެއެވެ. އިސްދޫ-ކަލައިދުއަކީ އެއް ބިމެއްގައި، އާބާދުވެފައިވާ އިދާރީ ވަކި ދެ ރަށެކެވެ. ދެ ރަށުގެ އާބާދީ 1600އިން މައްޗަށް އަރައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
17 މިނިޓު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
17 މިނިޓު ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 މިނިޓު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)