logo

ހއ. ތުރާކުނު ސިއްހީ މަރުކަޒު ތަރައްގީކޮށް ހުޅުވައިފި

profile

ރިޟްވާން މޫސާ - 28 މާރިޗު 2026 - 07:17

ހއ. ތުރާކުނު ސިއްޙީ މަރުކަޒު ތަރައްގީކުރުމަށްފަހު އަލުން އިމާރާތްކުރި ބައި ހުޅުވައި މިއަދު ބޭނުންކުރަން ފަށައިފި އެވެ.

https://wamco.com.mv/

ތުރާކުނު ސިއްހީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލަށް އިމާރާތްކުރެވުނު ބައި ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް މިއަދު ވިދާޅުވީ ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާކަމަށެވެ.

މީގެ އިތުރުން މިކަމަކީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަކަމެއްކަމަށާއި، މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވާނެކަމެއްކަމަށާޢި، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ތުރާކުނު ސިއްޙީ މަރުކަޒަކީ 8 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. މިތަނުގައި 6 އެނދުގެ ވޯޑެއް ހިމެނޭއިރު ލެބޯޓަރީގެ ޚިދުމަތްވެސް ވަނީ ގާއިމުކޮށްފައެވެ. އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއް ވަނީ ޤާއިމްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk