logo

އިންތިޙާބާއި ގުޅޭ ޝަކުވާއެއް އޮތް ނަމަ ހައިކޯޓަށް ހުށައަޅުއްވާ: އިލެކްޝަން

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 15:35

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ ހައިކޯޓަށް ވަޑައިގަތުމަށް އިލެކްޝަން ކޮމިޝަނުން އެދިވަޑައިގެންފި އެވެ.

https://wamco.com.mv/

ނިމިގެން ދިޔަ އިންތިހާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިލެކްޝަންކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އިންތިހާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިވާ ކަމަށެވެ.

undefinedލޯކަލް ކައުންސިލް އިންތިޙާބުގެ ވޯޓުލުމުގެ ތެރެއިން

ޒާހިދު ވިދާޅުވީ އިންތިހާބީ އެއްވެސް ޝަކުވާއެެއް އެއްވެސް ރައްޔިތެއްގެ ފަރާތްޕުޅުން ވެސް އޮތް ކަމުގައިވަނީ ނަމަ އެ ކަމެއް ހައްލުކުރުމަށް ހައިކޯޓަށް މައްސަލަ ހުށައެޅިދާނެ ކަމުގަ އެވެ.

އިންތިހާބީ މައްސަލަ ތަކަކީ ދުސްތޫރީ މައްސަލަ ތަކެވެ. އިލެކްޝަން ކޮމިޝަނުން ބުނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތުގައި އިންތިހާބީ މައްސަލައިގެ ގޮތުގައި ހައިކޯޓަށް މައްސަލަ ހުށައެޅުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ.

undefinedލޯކަލް ކައުންސިލް އިންތިޙާބުގެ ވޯޓުލުމުގެ ތެރެއިން

އިންތިހާބުގެ ހުރިހައި ކަމެއްވެސް ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއި، އިންސާފުވެރި މަގުން ކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދޭ ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަމަށެވެ.

ވިދާޅުވީ އިންތިހާބުތަކުގެ ޝަކުވާގެ ގޮތުގައި ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk