
އަމީނީ މަގު
އަމީނީ މަގު ހަލާކުވެފައި ހުރި ސަރަހައްދު އަލުން ހަދަނީ

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 12:46
އަމީނީ މަގުގެ ހުޅަނގަށްވީ ބައި ތާރު އަޅައިގެން އަލުން ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފައި ވަނީ ނިމިގެން ދިޔަ އިބްރާހިމް މުހައްމަދު ސާލިޙްގެ ވެރިކަމުގަ އެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަމަ އެއާއެކު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުއަޅާ މަރާމާތްކޮށްފައި ވެއެވެ.
އަމީނީ މަގުގެ މާފަންނާއި ވީ ސަރަހައްދުގައި ވަނީ މަގު މަތިން ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މިކަމުގެ ސަބަބުން ދުއްވާ މީހުންނާއި، ހިނގާ މީހުންނަށް އެކަމުގެ އުދަގޫވެގެން އެކަމުގެ ޝަކުވާ ކުރަމުން އަންނަ ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވީ، އެ މަގުގައި ހުންނަ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.
ހަމަ އެހެންމެ، މަގުގެ މަރާމާތުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށްޓަކައި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޡީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަގުގައި އަލުން ތާރު އަޅަައިގެން ތަރައްޤީކުރާއިރު، ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ވެސް ބަލާނެކަމުގެ ޔަޤީންކަން ނަޡީމް ވަނީ ދެއްވާފައެވެ.
އެގޮތުން، އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެ ކަމަށާއި، ޚާއްޞަކޮށް އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވެސް ނަޡީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
އިންތިޙާބާއި ގުޅޭ ޝަކުވާއެއް އޮތް ނަމަ ހައިކޯޓަށް ހުށައަޅުއްވާ: އިލެކްޝަން
4 ގަޑިއިރު ކުރިން
މޮރިޝަސްއަށް ޗާގޯސް ދިނުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި!
6 ގަޑިއިރު ކުރިން

ވެކޭޝަންސް އެކްސްޕޯގެ 7 ވަނަ އެޑިޝަން އަށް ބޮޑު ތަރުހީބެއް!
7 ގަޑިއިރު ކުރިން

އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)