logo

ވެކޭޝަންސް އެކްސްޕޯގެ 7 ވަނަ އެޑިޝަން އަށް ބޮޑު ތަރުހީބެއް!

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 12:47

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" ގެ 7 ވަނަ އެޑިޝަން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އިފްތިތާޙްކޮށްދެއްވައިފި އެވެ.

https://wamco.com.mv/

މި އެކްސްޕޯ ކުރިއަށް ގެންދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި އެކްސްޕޯއަކީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ.

undefinedވެކޭޝަން އެކްސްޕޯގައި ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވަނީ

ވެކޭޝަންސް އެކްސްޕޯގެ މަޤްޞަދަކީ އެއް ފުރާޅެއްގެ ދަށުން ދަތުރުފަތުރާއި ޗުއްޓީއާ ގުޅުންހުރި އެކި ޕެކޭޖުތަކުގެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމެވެ.

މި މަހުގެ 9 ވަނަ ދުވަހު ފެށި މި އެކްސްޕޯ މިއަދުގެ ހަވީރު ހައެއް ޖަހަންދެން ކުރިއަށް ގެންގޮސްފައި ވެއެވެ.

މި އެކްސްޕޯގައި ބައިވެރިވެގެން އެއަރލައިންތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުން ބައިވެރިވެ، ޚާއްޞަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރައްވާ ފަރާތުން މައުލޫމާތު ދެއްވަ އެވެ.

undefinedވެކޭޝަން އެކްސްޕޯގައި ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވަނީ

މީގެ އިތުރުން، މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަސީބު ގުރުއަތުލުމާއި، އެކި ކަހަލަ އިނާމުތައް ދިނުމަށް ވެސް ހަމަޖެހިފައިވާއިރު، މި ހަރަކާތަކީ ރާއްޖޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ފަހަރުގެ ވެކޭޝަން އެކްޕޯ އަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk