
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 12:46
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،186 ޓަނުގެ މަސް އެ ކުންފުންޏަށް ވަނީ ކިރުވާފައެވެ.
މަހުން މަހަށް މިފްކޯއަށް މަސްކިރުވާފައިވާ މިންވަރަށް ބަލާއިރު، ޖަނަވަރީ މަހު 2،454 ޓަނުގެ މަސް ކިރުވާފައިވެއެވެ. ފެބުރުއަރީ މަހު 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ކިރުވާފައިވަނީ 1،625 ޓަނުގެ މަހެވެ.
މިދިޔަ ފެބްރުއަރީ މަހު އެކަނިވެސް ވަނީ މަސްވެރިންނަށް 4 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ފެބުރުއަރީ މަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި މިފްކޯއަށް 136 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އެ ދޯނިތަކަށް މުޅި ޖުމްލަ 4،867،619 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 16ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މިފްކޯއަށް މަސްކިރުވި 31 ދޯންޏަކަށް މުޅި ޖުމްލަ 1،010،478 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށީ މި ސަރުކާރުން 2024 ޑިސެންބަރު 11 އިން ފެށިގެންނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
މީގެ އިތުރުން، ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް، މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ވަނީ ފައިސާ ދޫކުރަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް
އިންތިޙާބާއި ގުޅޭ ޝަކުވާއެއް އޮތް ނަމަ ހައިކޯޓަށް ހުށައަޅުއްވާ: އިލެކްޝަން
4 ގަޑިއިރު ކުރިން
މޮރިޝަސްއަށް ޗާގޯސް ދިނުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި!
6 ގަޑިއިރު ކުރިން

ވެކޭޝަންސް އެކްސްޕޯގެ 7 ވަނަ އެޑިޝަން އަށް ބޮޑު ތަރުހީބެއް!
7 ގަޑިއިރު ކުރިން

އަމީނީ މަގު ހަލާކުވެފައި ހުރި ސަރަހައްދު އަލުން ހަދަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)