
އައިއޯޓީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި

އާމިނަތު ޝަޒްލާ - 16 މޭ 2026 - 10:50
ދިވެހި ރާއްޖެއިން ހޮސްޓްކޮށްގެން ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު އިއްޔެ ނިމިފައިލައިފިއެވެ. މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވި ފުރަތަމަ ފަހަރެވެ.
މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދިޔަ އައިއޯޓީސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކާއ،ި މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ސަރަހައްދުގެ ގައުމުތައް އަދި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. އައިއޯޓީސީގެ ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
މި މަޝްވަރާތަކުގައި ކޮމިޝަންގެ 29 މެންބަރު ގައުމަކާއ،ި ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ގައުމަކާއ،ި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2 ގައުމަކުން ބައިވެރިވިއެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވިއެވެ. މި ފަހަރުގެ ބައްދަލުވުމުގައި ޖުމްލަ ހަތް ގަރާރެއް ވަނީ ފާސްކޮށްފައެވެ. މިގޮތުނ،ް މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ގަރާރެއް ހުށަހަޅައ،ި އެ ގަރާރުތައް ވަނީ ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ.
އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގަރާރަކާއ،ި މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ގަރާރެއްގެ އިތުރުނ،ް ބ.ީބ.ީއެނ.ްޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ގަރާރަކަށް ބަދަލުކުރުމާ ގުޅޭ ގަރާރެކެވެ. އަދި މީގެއިތުރުން ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ގައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައ،ި އެކަން ތަންފީޒުކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ގަރާރެއް ފާސްކުރުމުގައިވެސް ދިވެހި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ބައްދަލުވުން ދިވެހި ދައުލަތުން އިސްނަގައިގެން ދިވެހި ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއ،ި ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މަށްޗަށް ބިނާކޮން މަސްވެރިކަން މެނޭޖްކުރުމުގެ ކަންކަން ހިންގުމަށް ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދިން ކަމެކެވެ. އަދި ބައްދަލުވުމުގެ ޒަރިއްޔާއިން ކަނޑުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރަހައްދީ ގައުމުތަކާއެކު ގާތުން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ފޯރުކޮށްދެވާފައެވެ.
އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. އައ.ިއޯޓ.ީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންނެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދެއްވިކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
17 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
18 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
20 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)