
އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 16 މޭ 2026 - 10:49
އަމާޒަކީ މިވަގުތު ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން ކަމަށާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާއި، ހުރަސް ކުރުންތައް ނައްތާލުމަށް ކުރަން ހުރި މަސައްކަތައް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުގައި ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިވަގުތު ވަނީ ވަރަށް ނުބައި ތުންފަތެއްގެ މަތީގައި ކަމަށާއި، ދިވެހިންނަށް ލިބިފައިވާ ހައްގުތައް ގެއްލި ދިވެހިންގެ ތަނަވަސްކަމަށް އަސަރު ކުރުމަކީ ރާއްޖޭގައި ދިމާވުން އެކަށީގެންވާ ކަމެއް ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، 2008 ވަނަ އަހަރު އެއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރަތަމަ ވެރިކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއިރު، އެ ވެރިކަމުގައި ވެސް ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ގައުމު ހަމަ މަގަށް އަޅުވަން ރޭ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށެވެ.
އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލިފައިވާ ކަމަށް އެއްބަސްވުމުގައިވެއެވެ. ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ވެސް އެއްބަސްވުމުގައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރިޒާވްގައި ދެ ހަފުތާގެ އިމްޕޯޓަށް ވާވަރަށް ވެސް ޑޮލަރެއް ނެތް، މި ސަރުކާރު ހިންގަނީ އެއްވެސް އަމާޒެއް ނެތި"
15 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
15 ގަޑިއިރު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް ރާއްޖެ އަންނަނީ
15 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ
15 ގަޑިއިރު ކުރިން


