logo

"ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އިފުތިތާހުކޮށްފި

profile

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 05:35

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގްސަދުގައި، "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިފުތިތާހުކުރައްވައިފިއެވެ.

https://wamco.com.mv/

އިސްކަންދަރު ކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފުތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އެކި ފަންކްޝަންތަކުގެ ކޮމިޝަންޑު އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އަލަށް އިފުތިތާހުކުރެވުނު މި ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ އާ ގޮތްތަކާއި އުސޫލުތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ހަރުދަނާ ޕްލޭނެކެވެ.

undefined

މި ބައްދަލުވުމުގައި މުވައްޒަފުންނާ މުޚާތަބުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ކޮމިޝަނަރގެ އިލްތިމާސާ އެއްގޮތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތްތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ފަންކްޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މި އާ ޕްލޭނާއެކު މާލޭގެ މަގުތަކުގެ ތަރުތީބު ރަނގަޅުވެ، ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުލުހުން އުއްމީދު ކުރެއެވެ.

https://wamco.com.mv/
tel:+9607331319