logo

ބަލިތައް އިތުރުވަމުންދާތީ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 11:32

މިދުވަސްވަރު ރޯގާ އާއި ބޭރަށް ހިންގުން ފަދަ އާއްމު ބަލިތައް އިތުރުވަމުންދާތީ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މި ދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ބަލިން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އަދި ބަލިޖެހިއްޖެނަމަ، ލޮނުޕެކެޓާއި، ސޫޕް އަދި ކުރުނބާފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށާއި، ތުއްތުކުދިންނަށް ގާތުން ކިރުދިނުން މެދުނުކެނޑި ކުރިއަށްގެންދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، ބޭރަށްހިންގުމާއެކު އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، ވަރުދެރަވުން ނުވަތަ ބަނޑުގައި ގަދައަށް ރިއްސުން ފަދަ ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އަލާމާތްތައް ފަސޭހަވާތާ 24 ގަޑިއިރު (1 ދުވަސް) ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ވަޒީފާއަށް ނުނިކުތުމަށްވެސް އެ އެޖެންސީން ވަނީ ނަސޭހަތް ތެރިވެފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ ރޯގާ އާއި ހުން އާއްމުވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން ގޭގެއަށް ޒިޔާރަތްކުރުން މަދުކުރަން ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319