
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 10:51
ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށެވެ. އެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، މި ސަރަޙައްދުގެ ރައްޔިތުންނާއި، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވިދާޅުވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުނުކެނޑި ރެކޯޑުކުރަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ރ. އިފުރަށް 37.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ބ. ދަރަވަންދޫއަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


