logo

މުދަލަށް ގެއްލުންދީ ފުލުހުންނަށް ނުކިޔަމަންތެރިވި މީހަކު މާލެއިން ހައްޔަރުކޮށް ބަންދު ޖަހައިފި

profile

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 13:22

މާލޭގައި، މުދަލަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަނެކުންގެ މުދަލަށް ގަސްދުގައި ގެއްލުން ދިނުމުގެ އިތުރުން، އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ގާނޫނީ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ކޯޓަށް ވަނީ އެކަށީގެންވާ ހެކި ހުށަހަޅާފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށް ގާޒީ ނިންމަވާފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ކަމަށް ބެލެވޭތީއެވެ.

މީގެއިތުރުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ހައްޔަރުކުރެވުނު މީހާއަކީ މީގެ ކުރިންވެސް މިފަދަ އެކި ކުށްތަކުގެ ގިނަ އަދަދެއްގެ ރެކޯޑް އޮންނަ މީހެއްކަން ކޯޓު އަމުރުން އެނގެއެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319