logo

އެމްޑީޕީގެ ސީދާ ހަރަކާތް "ދަތިވެއްޖެ" އަޑު އުފުލުން މިއަދު ހަވީރު ލޯކަލް މާރުކޭޓް ސަރަހައްދުގައި!

profile

ރިޟްވާން މޫސާ - 09 އޯގަސްޓު 2026 - 08:22

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިސް ނަގައިގެން މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުން ދަތިވެއްޖެ މި ނަމުގައި އާންމުން ހޭލުތެރިކަން އިތުރުކޮށް މި މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވަމުން އަންނަ ސިލްސިލާ އަޑު އުފުލުމުގެ ދެވަނަ ބުރު މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ.

https://wamco.com.mv/

މާލޭގައި މިއަދު ހަވީރު މި ހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ ލޯކަލް މާރުކޭޓް ހިމެނޭ ސަރަހައްދުގަ އެވެ.

އެމްޑީޕީން ބުނަމުން ގެންދަނީ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށާއި، ރައްޔިތުން ހާލުގައި ޖައްސައިފިކަމަށާއި، އެކަންކަމާއެކު އެމްޑީޕީ މަޑުން ނޯވެ ރައްޔިތުންގެ ހައްގުގައި ތެދުވެ އިހުތިޖާޖު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީން ވަނީ އިއްޔެ ހަވީރު ވަނީ ހުޅުމާލޭގެ ތިން ސަަރަހައްދެއްގައި ވެސް އަޑު އުފުލައި ރައްޔިތުންނަށް މެސެޖު ފޯރުކޮށްދީފަ އެވެ.

އެމްޑީޕީގެ މި އަޑު އުފުލުމުގައި އެޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ ޒާޔާގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެމްޑީޕީގެ އާންމު މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އިއްޔެގެ އެއްވުމުގައި އެމްޑީޕީގެ ބައިވެރިން ވަނީ ހަގީގަތުގައިވެސް ދިވެހި ގައުމުގެ ހާލަތު އިންތިހާޔަށް ދަތިވެފައިވާ ކަމަށާއި، ތަކެތީގެ އަގު ދެ ގުނައަށް ބޮޑުވެއްޖެ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.

އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވާ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ހޯދުމަށް ވަނީ ފުލުހުންނާވެސް ބައްދަލުކުރައްވާފަ އެވެ.

އެޕާޓީން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވެން އޮތީ ހަމައެކަނި މަޖީދީ މަގުން ކަމަށްވާތީ އެ ފުރުސަތު ފަހިކޮށްދޭން އެދިފައިވާނެ ކަމަށާއި އެގޮތަށް އެ ހުއްދަ ފުލުހުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319