މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ހުއްދައަށް އެދިއްޖެ!

ރިޟްވާން މޫސާ - 09 އޯގަސްޓު 2026 - 08:22
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ މަޖީދީ މަގުގައި ބާއްވަން ރާވަފައިވާ ބޮޑު އެއްވުން "ދަތިވެއްޖެ" މުޒާހަރާ ބޭއްވުމަށް މަޖީދީ މަގުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދޭން ފުލުހުންނާ ބައްދަލުކޮށް އެ ޕާޓީން އެދިއްޖެ އެވެ.
"ދަތިވެްޖެ" ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާ ބާއްވަން ނިންމާފައި ވަނީ 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަގު މާފަންނު ކޮޅުން ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
މިއަދު އުފުލުމުގައި ވީހާވެސް ގިނަ ރައްޔިތުން އެމްޑީޕީ އާއެކު ބައިވެރިވެ ވަޑައިގަތުމަށްއެދިފައިވާއިރު އެޕާޓީން ވަނީ އިއްޔެ ހަވީރު ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ޕިކަޕް ބުރަކާއެކު މިއަޑު ރައްޔިތުންނަށް އިއްވުމަށް ހަރަކާތްތަކެއްވެސް ހިންގާފަ އެވެ.
އެމްޑީޕީން ވަނީ މިއަދު ހަވީރުވެސް މި ހަރަކާތް މާލޭގެ ލޯކަލް މާރު ކޭޓް ކުރިމަތީގައި ބާއްވަން ނިންމާފައެވެ. ހަވީރުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގަ އި ލޯކަލް މާރުކޭޓް ކުރިމަތިންނެވެ.
އެމްޑީޕީން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވެން އޮތީ ހަމައެކަނި މަޖީދީ މަގުން ކަމަށްވާތީ އެ ފުރުސަތު ފަހިކޮށްދޭން އެދިފައިވާނެ ކަމަށާއި އެގޮތަށް އެ ހުއްދަ ފުލުހުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވީ އެމްޑީޕީން އިންތިޒާމުކޮށްގެން ވޭތުވެދިޔަ ތިން ފަހަރު ހަރަކާތްތައް ބާއްވަންވެގެން ފުލުހުގައި އެދިފައިވާ ރޫޓްތައް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިފަހަރު މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް ހުންނަނީ މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ ކަމަށް އަންވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭރު މަގުން މުޒާހަރާ ކުރިއަށް ގެންދިޔާމަ ގެތައް މަދުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު ނުފޯރާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
7 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
10 ގަޑިއިރު ކުރިން

ރައީސް ޔާމީން ޗިޓާއި ހަވާލްވެވަޑައިގަނަންވަން އުޒުރުވެރިވެއްޖެ
11 ގަޑިއިރު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
13 ގަޑިއިރު ކުރިން


