logo

"އަސްލު" ޓީވީ ލޯންޗް ކޮށްފި

profile

އަހުމަދު ޒަލީފު - 25 ޖެނުއަރީ 2024 - 15:41

—-

—-

އަސްލު ޓީވީ ލޯންޗުކޮށް ރޭ ފަތިސް ނަމާދުން ފެށިގެން އެ ޓީވީގެ ޓްރާންސްމިޝަން ފެށިއްޖެއެވެ.

މީޑިޔާ ދާއިރާގެ ތަޖުރިބާ ކާރު ގިނަ ބޭފުޅުން ހިމެނޭ ބޮޑު ޓީމަކާއެކެ ފެށި މި ޗެނަލް މީީޑިޔާ ނެޓްގެ 133 ން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އަސްލު ނޫސް ހިނގަން ފެށިއިރު އެ ނޫހުން ވަނީ ކިޔުންތެރިންގެ ފުރިހަމަ އިތުބާރު ހޯދާފައެވެ.

މާޒީއާއި މިއަދުގެ އަސްލުން ވުޖޫދުވެ، ހިނގަން މިފެށީ ދިވެހިންނަށް އެންމެ އިތުބާރުކުރެވޭ ނޫހުގެ ގޮތުގައެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓާ، ނަގަހެއްޓުމަށް ރެއާއި ދުވާލު ކެނޑިނޭޅި ‘އަސްލު’ ނޫހުން ކުރި މަސައްކަތުން މިއަދު އެ ވުޖޫދުވެގެން ދިޔައީ މުޅިން އާ ބާބެކެވެ. އަސްލު’ ވުޖޫދުކުރުމުގެ މައިގަނޑު މަގުސަދަކީ، ރައްޔިތުން މައުލޫމާތުގެ ކިލަބުކަމުން ނެރެ، ހުރިހާ ކަމެއްގެ އަސްލު ހަޤީޤަތް ގެނެސްދިނުމެވެ. އިއްޔެއާއި މިއަދުގެ އަސްލު ގެނެސްދިނުމެވެ.

އަޅުގަނޑުމެންގެ މި މަސައްކަތުގައި ކީރިވަންތަވެރި މާތްالله ހެޔޮ ތައުފީގު މިންވަރުކުރައްވާށިއެވެ. އާމީން!

tel:+9607331319