
ޑރ. މަޖީދު ވަނީ ބަޔަކު މީހުން ވެގެން އަވަހަރާކޮށްލާފައި: ޝައިޚް އިމްރާން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 14 ޖޫން 2025 - 08:33
މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ތުހުމަތެއް ކުރައްވައިފިއެވެ.
އުމުރުން 55 އަހަރުގައި ދިވެހީންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔާ ޑރ. މަޖީދު އަވަހާރަވީ 22 މެއި 2018 ގައި ސްރީލަންކާގައި އާލާސްކަންފުޅާ އުޅުއްވަނިކޮށެވެ.
އެ މަރަށް ހަތް އަހަރު ފަހުން މިއަދު ހެނދުނު ކުރީގެ މިނިސްޓަރ އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން ހިތުގައި އުފެދިފައިވާ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ޝައިޚް އިމްރާން ތުހުމަތު ކުރެއްވި ގޮތުގައި ބަޔަކު ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ޝަހީދު ކޮށްލައިފައެވެ.
އެކަމަކު، ތަފްސީލެއް އަދި ނުދެއްވައެވެ.
ޑރ. މަޖީދުގެ މަރާ ގުޅިގެން މިފަދަ ވާހަކަތަކެއް މީގެ ކުރިން ފެންމަތިވެފައެއް ނުވެއެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ހާލު ސީރިއަސްވުމުގެ ސަބަބުން ތިން އޮޕަރޭޝަނެއް ވެސް ކުރިއެވެ. ފަހުން ވެންޓިލޭޓަރުގެ އެހީގައިވެސް ފަރުވާދޭން ޖެހުނެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވައިފައެވެ. އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި
41 މިނިޓު ކުރިން

"ރަސްމާލެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ގޮސްފިނަމަ ގައުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިދާނެ"
2 ގަޑިއިރު ކުރިން

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
20 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކާލާ ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން
20 ގަޑިއިރު ކުރިން


