
ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް ހުޅުވައިފި

އައިޝަތު އިނާޝާ - 06 ފެބްރުއަރީ 2026 - 12:43
ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
11 މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.
އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅު ކަމަށްވާ މިސްކިތްތައްކަން ފާހަގަކުރައްވާ، އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަކީ މިސްކިތްކަމަށާއި އެކަން، ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށްވާ، ރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރު މަހު ފަށަނީ
4 ގަޑިއިރު ކުރިން

ބޮޑެތި އުންމީދުތަކެއް، ތަރައްގީގެ އާ ތާރީޚެއް، ފުރިހަމަ ރިޔާސީ ބަޔާނެއް
4 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް، އެޕްރީލް މަހުގެ ނިޔަލަށް ނިންމުން
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ އެކަނިވެސް 41 މަސްކަނދުފަތި އަޅައިފިން: ރައީސް
4 ގަޑިއިރު ކުރިން


