
ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 08:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ތ. ވޭމަންޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ހަމަ އެ ދަތުރުފުޅުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ޙަވާލުކުރެވުނީ އެމްޓީސީސީއާ ކަމުގައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، އެކްސް ގައި ހިއްސާކުރެއްވި ފޮޓޯ އެއް މެދުވެރިކޮށެވެ.
1،270 މީހުންގެ އާބާދީއެއް ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިގެންދިއުމާ އެކު، ރައްޔިތުންނަށް ދޫކުރެވޭ ގޯތީގެ ޖާގަ ތަނަވަސްވެ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.
މީގެ އިތުރުން، ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ތަރައްޤީގެ އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
21 މިނިޓު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
22 މިނިޓު ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 މިނިޓު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)