logo

އުދަރެސް ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

profile

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 06:54

މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި އުދަރެސް ބޯޓު ފަރަށް އަރައި، އަޑިއަށް ދިޔަ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔައީ އިސްމާޢީލް އަފީފް ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.

އުމުރުން ދުވަސްވީ އެ މީހާ ފެނިފައިވަނީ ކަނޑުމަތީގައި ފިލާގަނޑެއްގެ އެހީގައި އޮއްވައި ދިރިހުއްޓާ ކަމަށާއި، ނަމަވެސް އޭނާގެ ހާލަތު ބަލިކަށިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދެ ދިވެހިންނާއި ދިހަ ބިދޭސީންނާއެކު ދަތުރުކުރި މި މުދާއުފުލާ ބޯޓު ލ. އަތޮޅު ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ.

ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk