logo

މާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 01 މާރިޗު 2026 - 18:11

ކ. މާފުށްޓާއި އެ ރަށުގެ ހިއްކި ސަރަހައްދު ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

https://wamco.com.mv/

އެ މަސައްކަތް ރަސްމީކޮށް ފަށަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން މާފުށީ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ހިއްކާ ބިމުގެ 45 ޕަސެންޓު ބޭނުން ކުރަން ނިންމާފައި ވަނީ އެ ރަށުގެ މީހުންނަށް ގޯތި ދިނުމަށެވެ.

އެމްޓީސީސީން ބުނެފައިވާޣޮތުގައި އެ ސަރަޙައްދުން ބޯހިޔާވެހިކަމާއި، ސިނާޢީ އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، ކޯޒްވޭގެ ސަބަބުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެއެވެ.

ކ. މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފަވަނީ 2021ވަނަ އަހަރުއެވެ. ބިން ހިއްކާފަވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ. މާފުއްޓާއި ހިއްކި ސަރަޙައްދު ގުޅާލުމަށް ހަމަޖެހިފަވަނީ ދަށުން އޮއި ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk