logo

ހިތަދޫ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް

profile

ޝަހްޒާ މުޙައްމަދު - 01 މާރިޗު 2026 - 17:08

އައްޑޫސިޓީ ހިތަދޫ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހިތަދޫ ފުލެޓް ސަރަހައްދަށް ޒިޔާރަތްކޮށް، ވައްކަމާއި ސްކޭމްގެ މައްސަލަތަކުން ސަލާމަތްވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރަމަޟާން މަހަކީ ގިނަވަގުތު އަޅުކަމުގައި ހޭދަކުރާ ދުވަސްވަރަކަށްވެފައި، ކުށްކުރާ މީހުންގެ ކިބައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ނަމާދަށް މިސްކިތަށް ދާއިރު ނުވަތަ ބޭރަށް ދާއިރު ގޭގެ ދޮރުތަކާއި ބެލްކަނިތައް ރަނގަޅަށް ތަޅުލެވި ބަންދުކުރެވިފައި ހުރިތޯ ޔަގީންކުރުމަށާއި، ކުށްކުރާ ފަރާތްތަކަށް ފުރުސަތު ނުލިބޭނޭހެން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި މުޖުތަމައުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ހަރަކާތަކީ ކުށްމަދުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk