
3647 ފަރާތަކަށް ފްލެޓް ތަޅުދަނޑި ހަވާލުކޮށްފި

މުޙައްމަދު ފަޟްލޫން - 01 މާރިޗު 2026 - 16:08
އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުގައި ހިމެނޭ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް 3،647 ފަރާތަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ބިނާކުރި 4،000 ހައުސިންގ ޔުނިޓްގެ ތެރެއިން 3،850 ފަރާތަކާއެކު މިހާތަނަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އާދައިގެ އުސޫލުން ހަވާލުކުރަންޖެހޭ ހުރިހާ ޔުނިޓްތަކެއްގެ ތަޅުދަނޑި މިހާރު ވަނީ އޭގެ ޙައްޤުވެރިންނާ ހަވާލުކޮށް ނިންމާފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ހާމަކުރި ގޮތުގައި، ބައެއް ޔުނިޓްތަކުގެ ތަޅުދަނޑި ހަވާލުނުކުރެވި ވަނީ ދިމާވި ބައެއް ޚާއްޞަ ސަބަބުތަކާ ހުރެއެވެ.
އޭގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރާއްޖޭން ބޭރުގައި އުޅެންޖެހުމާއި، އަމިއްލަ އެކި ސަބަބުތަކާ ހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އިތުރަށް ކަށަވަރުކުރަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން މަޑުޖައްސާލާފައިވާ 112 ޔުނިޓެއް ހިމެނެއެވެ. މި ޔުނިޓްތަކަކީ މިހާރު ލިޔެކިޔުންތައް ކަށަވަރުކުރުމުގެ މަރުޙަލާގައިވާ ތަންތަނެވެ.
މިހާރުވެސް ގިނަ އަދަދެއްގެ އާއިލާތަކުން މި ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާއިރު، އެފް.ޑީ.ސީގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ އެ ސަރަޙައްދުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ޤާއިމުކުރުމެވެ.
އެގޮތުން، ކޮންމެ ޓަވަރެއްގެ ތިރީ ބައިގައި ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައަޅައި، އެ ތަންތަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފަސްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
5 ގަޑިއިރު ކުރިން

މާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން

ޔޫއޭއީގެ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
6 ގަޑިއިރު ކުރިން

ހިތަދޫ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)