logo
 އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެންޕަވަރމެންޓް އެންޑް އާރޓްސް އަހްމަދު ނަރީޝް

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެންޕަވަރމެންޓް އެންޑް އާރޓްސް އަހްމަދު ނަރީޝް

ޕީއެންސީން އެކަނި 1323 ކެންޑިޑޭޓުން ވާދަކުރުމަކީ ލިބުނު ކުރިއެރުމެއް: ނަރީޝް

profile

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 05:57

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން 1323 ކެންޑިޑޭޓުން ކުރިމަތިލާފައިވުމަކީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު، އެމްޕަވަރމަންޓް އެންޑް އާޓްސް އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ފަރާތުން ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ދިވެހީންގެ ރާއްޖޭގެ ނަމުގައި ގެނެސްދިން ޕްރޮގްރާމްގައި ނަރީޝް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ރައީސްއަކު ވެރިކަމަށް ވަޑައިގެން މިހާތަނަށް ރައްޔިތުންނާއި ގާތުން މަސައްކަތް ނުކުރާ މިންވަރަށް ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

ވެރިކަމުގެ 2 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެކަމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑެތި އުއްމީދުތަކެއް އާވެގެންދާ ކަމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.

ކައުންސިލްތަކާއި ގާތުން މަސައްކަތްކުރާ ވެރިއަކާއެކުގައި ގައުމުގެ ތަރައްގީއަށް މަސައްކަތްތަކެއް ކޮށްލަން ރަށްރަށުގެ ތަސައްވަރުތަކެއް ގެންގުޅޭ ޒުވާނުންވެސް ވަރަށް ބޮޑަށް ބޭނުންވެފައި ތިއްބާ ރައީސް ވެރިކަމުގެ ދެއަހަރު ތެރޭގައި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކޮށްފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ރަށްރަށުގެ ކައުންސިލްތަކުން ސީދާ ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސް އޮޅުން ފިލުއްވައިފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަންނަވާ ވެލެއްވި ހުރިހާ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުއްވައި ރައްޔިތުންނާއި ހަމައަށް ގެންގޮސްދެއްވި ހަމައެކަނި ވެރިއަކީ ރައީސް ޑރ މުއިއްޒު ކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައްޔިތުންގެ އަރިހުން ރައީސް ޑރ މުއިއްޒު ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޕީއެންސީ އާއި މެދު ރައްޔިތުންގެ ތާއީދު ބޮޑުވެގެންގޮސްފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ރައްޔިތުން ވޯޓްލާން ނިކުމެ އެންމެ ގިނަ ރައްޔިތުންގެ ތާއީދާ އެކު އެންމެ ގިނަ ގޮނޑި ޕީއެންސީ އަށް ކާމިޔާބު ކުރާނެ އިންތިހާބަށް ވެގެންދާނެ ކަަމަށް ނަރީޝް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk